ތަޢާރަފް
މިއެސައިންމަންޓަކީ "މަލްޓިމީޑިއާ ފޯރ
ޓީޗާރސް" ގެދަށުން ހެދި ގްރޫޕް އެސައިންމަޓުގެ ޚުލާޞާ ރިޕޯޓެކެވެ. މިއެސައިންމަންޓުގައި
މަލްޓިމީޑިއާއަކީ ކޮބައިކަމާއި މަލްޓިމީޑިއާގެ ބޭނުންތެރިކަމާއި، އަދި
އަޅުގަނޑުމެން ތައްޔާރުކުރި ގުރޫޕް އެސައިންމަންޓް "ވެބް ލާރނިންގ" ގެ
ޚުލާޞާއެއް ހުށަހަޅާލާނަމެވެ.
މިމަސައްކަތުގެ ސަބަބުން ޒަމާނީ
ޓެކްނޮލޮޖީއަށް ލޯހުޅުވި ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުންތެރިކަމާއި އަދި
ފަސޭހަކަމާއެކު މަލްޓިމީޑިއާގެ އަލީގައި އިސްލާމް ފިލާވަޅުތައް ފޯރުކޮށްދިނުމަށް
ދަސްވެގެން ދިޔައެވެ.
"މަލްޓިމީޑިއާ" އަކީކޮބާ؟
މަލްޓީމީޑިއާއަކީ
އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން މައުލޫމާތެއް ދިނުމަށް ބޭނުންކުރާ
ބާވަތެކެވެ. މީގެތެރޭގައިފޮޓޯ، ވީޑިއޯ، ޗާޓް، އިންޓަރނެޓް، އަދި އިންޓަރނެޓް
ވެބްސައިޓްތައް ހިމެނެއެވެ. މަލްޓިމީޑިޔާއަކީ
އާމުގޮތެއްގައި ރެކޯޑުކޮށް އެރެކޯޑިންގް ޕްލެއިކޮށް، ޑިސްޕްލޭކޮށް، ނުވަތަ
ޕްރޮސެސިންގް ޑިވައިސްތައް އެރެކޯޑިންގްއިން މައުލޫމާތު ހޯދުމެވެ. މިސާލަކަށް
ކޮމްޕިއުޓަރައިޒްޑް އަދި އެލެކްޓްރޯނިކް ޑިވައިސްތަކެވެ.
މަލްޓިމީޑިއާ
ކިޔެވުމުގެ ބޭނުމަކީ ކޮބާ؟
·
މަލްޓިމީޑިއާ އެއްހިއްސަށްވުރެ ގިނަހިއްސު އެއްވަގުތެއްގައި
މަސައްކަތްކުރެއެވެ.
·
މަލްޓިމީޑިއާގެސަބަބުން ކުދިންކިޔެވުމަށްދޭ ޝައުގުވެރިކަން
އިތުރުވެއެވެ. އަދި ކިޔެވުމަށް ދޭ ސަމާލުކަން އިތުރުވެ ޝައުގުވެރިކަން
ދެމެހެއްޓުމަށް ބާރަކަށް ވެއެވެ.
·
ނުކުޅެދޭ މީހުންނަށްވެސް ކުލާހުގައި ކުޅެދޭމީހުނާއެއްވަރަށް
މަލްޓިމީޑިއާގެސަބަބުން ކިޔެވުމުގެ ފުރުސަތުލިބެއެވެ.
·
މަލްޓިމީޑިއާގެސަބަބުން ކުދިންފިލާވަޅުގައި ބައިވެރިވުން
އިތުރުވެ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް އެހީތެރިވެދެއެވެ.
ޕްރެޒެންޓޭޝަންގެ ޚުލާޞާ
މަލްޓިމީޑިއާ
ފޯރ ޓީޗާރސްގެ ދަށުން ފިރިހެންކުދިން ތައްޔާރުކުރީ އިސްލާމް މާއްދާ ކިޔައިވައި
ދިނުމަށް ބޭނުންކުރެވިދާނެ ސޮފްޓްވެއަރ އެކެވެ. އެސޮފްޓްވެއަރއަށް މިގްރޫޕުން
ދީފައިވާނަމަކީ "ވެބްލާރނިން" އެވެ.
1- ސޮފްޓްވެއަރގެ ތަޢާރަފް
•
މިސޮފްޓްވެއަރއަށް ކިޔާ ނަން: [ވެބް ލަރނިންގ]
•
ވަރޝަން 1.0.1
•
މިސޮފްޓްވެއަރ ބޭނުންކޮށްގެން ކުލާސްތެރޭގައި
ކިޔަވައިދޭނީ ސްމާރޓް ބޯޑްގައެވެ
•
މިސޮފްޓްވެއަރ ޓެބްލެޓްތަކުގަޔާއި ގެލެކްސީ
ނޯޓްފަދަ ޒަމާނީ މިފަދަ ވަޞީލަތްތަކުގައި އިންޑިވިޖުއަލްކޮށްވެސް ބޭނުންކުރެވޭނެއެވެ.
2- [ވެބް ލަރނިންގ] ގެ މައިގަނޑު މަޤުޞަދު
•
އުނގަންނައިދިނުމުގައި ކުދިން ޝައުޤުވެރިވާ
އާގޮތެއް ތަޢާރަފުކުރުން
•
ޒަމާނީ ޓެކްނޮލޮޖީއަށް އަންނަމުންދާ އަވަސް
ބަދަލާއެކު ޓެބްލެޓްފަދަ ވަޞީލަތްތަކުގައި ކިޔަވައި ދިނުމަށް އާވިސްނުމެއް
ތަޢާރަފްކުރުން
3- "ވެބްލާރނިންގ" އެކުލެވިގެންވާގޮތް
"ވެބްލާރނިންގ" އެކުލެވިގެންވަނީ އިސްލާމީ
ތަރުބިއްޔަތުގެ މުޤައްރުރުގައި ހިމެނޭ 7 ބަޔާއި އަދި މުރާޖާ ބަޔަކާއިއެކު 8 ބައިގެ
މައްޗަށެވެ. މިޓޫލްގައި މިއިން ކޮންމެ ޔުނިޓެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު
އޮންނާނެއެވެ. އަދި އެއިން ކޮންމެ ޔުނިޓަކުން ފިލާވަޅު ނަންގަވާ ދެއްވާ
މުދައްރިސަށް ޝައުޤުވެރި އުނގެނުމުގެ މާޙައުލެއް ކުލާސްރޫމުގައި ޤާއިމުކުރުމަށް
ބޭނުންވާ ގިނަ އިޚްތިޔާރުތަކެއް ދެވިފައިވާނެއެވެ. މިގޮތަށްދެވޭ އިޚްތިޔާރުތައް
ހުންނާނީ މުދައްރިސް ކިޔަވައިދެއްވާ ޔުނިޓާގުޅޭގޮތަށެވެ. މިސާލަކަށް ޤުރްއާނުގެ
ޔުނިޓް ކިޔަވައިދެއްވާނަމަ ޤުރްއާނުގެ ޔުނިޓާގުޅޭ އިޚްތިޔާރުތައް
ފެންނަންހުންނާނެއެވެ. އޭގެތެރޭގައި
-
މުޞްޙަފް މުޞްޙަފުގެދަށުން
ތިންވައްތަރެއްގެ މުޞްޙަފް އިޚްތިޔާރު ކުރެވޭނެއެވެ.
-
ސޫރަތް ސޫރަތް
އިޚްތިޔާރު ކުރުމުގެދަށުން މުޤައްރަރުގައި ހިމެނޭ ހުރިހާ ސޫރަތެއް ފެންނަން
ހުންނާނެއެވެ.
-
ތަފްސީރު މުޤައްރަރުން
އިޚްތިޔާރުކުރާ ސޫރަތެއްގެ އިޖުމާލީމާނަ ހިމެނޭ ތަފްސީރެއް މިއިޚްތިޔާރުގެ ދަށުން
މުދައްރިސަށް ލިބިގެންދާނެއެވެ.
-
ވީޑިއޯ މިޚްތިޔާރުގައި މުދައްރިސަށް
މުޤައްރަރުން އިޚްތިޔާރުކުރާ ސޫރަތެއްގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް
ލިބިގެންދާނެއެވެ. އަދި މިޚްތިޔާރުގެ ތެރޭގައި އިޚްތިޔާރުކުރި ސޫރަތާއިގުޅޭ
ފޮޓޯވެސް ލިބިގެންދާނެއެވެ.
-
އޯޑިއޯ: މިއިޚްތިޔާރުގެދަށުން މުޤައްރަރުން
މުދައްރިސް އިޚްތިޔާރުކުރާ ސޫރަތެއްގެ އޯޑިޔޯކިޔެވުން ފެންނާނެއެވެ. އަދި އޯޑިޔޯ
އިޚްތިޔާރުކުރުމުގައި ތަފާތު ޤާރީންގެ ކިޔެވުން އިޚްތިޔާރުކުރުމުގެ ފުރުޞަތު
މުދައްރިސަށް ލިބިގެންދާނެއެވެ.
މިސޮފްޓްވެއަރގައި ހިމެނޭ މުރާޖަޢާބައި
އެކުލެވިގެންވާނީ ތިރީގައިވާ ގޮތަށެވެ.
4- [ވެބް ލަރނިންގ] އާއި އެހެނިހެން މިފަދަ
ޓޫލްތަކާއި ހުރި ތަފާތުތައް
|
ވެބްލާރނިންގ
|
އެހެނިހެން ޓޫލްތައް
|
|
އިންޓަރނެޓް ބޭނުން ނުވުން
|
އިންޓަރނެޓް ބޭނުންވުން
|
|
އިތުރު އެހެން ވަޞީލަތަކަށް ބޭނުން ނުވުން
|
ކޮންމެވެސް އެހެން ވަޞީލަތަކަށް ބޭނުންޖެހުން
|
|
ބޭނުންކުރަން ފަސޭހަވުން
|
ދަސްކޮށްގެން ނޫނީ ބޭނުން ނުކުރެވުން
|
5- ކިޔަވައިދިނުމުގައި މިޓޫލް ބޭނުންކުރުމުން ހުރި ފައިދާތައް
•
ޝައުޤުވެރި އުނގެނުމަކަށް މަގުފަހިވުން
•
ގިނަ ފޮތްތަކެއް އުފުލަން ނުޖެހުން
•
ވަގުތު ސަލާމަތްވުން
•
ޝައުޤުވެރި އުނގެނުމަކަށް މަގުފަހިވުން
•
ގިނަ ފޮތްތަކެއް އުފުލަން ނުޖެހުން
•
ވަގުތު ސަލާމަތްވުން
ކޮންކްލޫޝަން
"މަލްޓިމީޑިއާ
ފޯރ ޓީޗާސް" މިމޮޑިއުލްއަކީ މުދައްރިސުންނަށް ވަރަށް މުހިންމު
މޮޑިއުލްއެކެވެ. ވަކިން ޚާއްޞަކޮށް ޓެކްނޮލޮޖީގެ ވަޞީލަތްތައް ހުރިހާކަމެއްގައި
ބޭނުންކުރެވޭ މިފަދަ ޒަމާނެއްގައި އިސްލާމް މާއްދާފަދަ މާއްދާއެއް ދަރިވަރުން
ޝައުޤުވެރި ވާގޮތަށް ކިޔަވައިދިނުމަށް ލިބިގެންދިޔަ ވަރަށްބޮޑު އެހީއެކެވެ. އަދި
މިމޮޑިއުލްގެދަށުން އަޅުގަނޑުމެން ތައްޔާރުކުރި "ވެބްލާރނިންގ"
ސޮފްޓްވެއަރއަކީ އިސްލާމް މާއްދާ ކިޔަވައިދޭ މުދައްރިސުންގެ ފެންވަރުމަތިވެ
ޝައުޤުވެރި އުނގެނުމުގެ މާޙައުލަކަށް ވަރަށްބޮޑަށް މަގުކޮށައިދިން ސޮފްޓްވެއަރއެކެވެ.
އަޅުގަނޑުގެ ދުޢާއަކީ މިސޮފްޓްވެއަރ އިތުރަށް ތަރައްޤީވެ މީގެބޭނުންހިފައިގެން
ދަރިވަރުން އެންމެ ޝައުވެރިވާ މާއްދާއަކީ އިސްލާމް މާއްދާ ކަމުގައިވުމެވެ.
ރެފަރެންސް
2.
އިބްރާހިމް ނަސްރީން (2013). މަލްޓިމީޑިއާ ނޯޓްސް
– މާލެ،
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
3.
ޢަބްދުﷲ ޝަހީދު (2013). ވެބްލާރނިންގ
(ޕްރެޒެންޓޭޝަން) – މާލެ، ފެކަލްޓީ އޮފް އިސްލާމިކް ސްޓަރޑީޒް