ގިނަވަގުތު މަސައްކަތުގައި އުޅުމަކީ ސިއްޙަތަށް ނުރައްކާތެރި ކަމެއް
27 އޭޕްރިލް 2013 (ސަން އޮންލައިނުން ނަގާފައިވާ ލިޔުމެއް)
އަރާމެއްނެތި ގިނަވަގުތު މަސައްކަތުގައި
އުޅުމަކީ ނަފްސާނީ ބަލިޖެހުމުގެ ފުރްސަތު ވަރަށް ބޮޑުކަމެއް ކަމަށް
ޖަރުމަނުވިލާތުގެ ބައެއް ޑޮކްޓަރުން އިންޒާރުކޮށްފި އެވެ.
ޖަރުމަނުގެ ނަފްސާނީ އަދި ޖިސްމާނީ
ބަލިތަކާބެހޭ ދިރާސާތައް ކުރައްވާ ބައެއް ޑޮކްޓަރުންނާ ޙަވާލާދީ
އެގައުމުގެ ނޫސްއެޖެންސީ (ޑީޕީއޭ) ބުނި ގޮތުގައި އަރާމެއްނެތި ގިނަވަގުތު
މަސައްކަތުގައި އުޅުމުން ނަފްސާނީ ޙާލަތެއް ކަމަށްވާ "ސައިކޮލޮޖިކަލް
ކޮންބަސްޓަން" އަށް ވާސިލްވުމުގެ ފުރްސަތު ވަރަށް ބޮޑެވެ. މިފަދަ
ދިރާސާތައް ކުރައްވާ ޖަރުމަނުގެ އަންހެން ޑޮކްޓަރެއް ކަމަށްވާ ނާދިޔާ ބިލިންގް
ވިދާޅުވި ގޮތުގައި ކޮންމެ ބާވަތެއްގެ މަސައްކަތެއް ވެސް ކުރަންވާނީ އަރާމު
ކުރުމަށް އެކަށީގެންވާ މިންވަރަކަށް ހުސްވަގުތު ނަގައިގެންނެވެ.
މީގެއިތުރުން ރެއަކާދުވާލުގެ ތެރޭގައި ނިދުމަށް
ވެސް މަދުވެގެން 6 ގަޑިއިރާއި 7
ގަޑީއިރުގެ ވަގުތެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާދިޔާ ވިދާޅުވި ގޮތުގައި މަސައްކަތުގެ ވަގުތުގައި ވެސް އެކިފަހަރު މަތިން ހުސްވަގުކޮޅު ނެގުމަކީ ނަފްސާނީ އަދި ޖިސްމާނީ ސިއްޙަތަށް ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ފަސް ގަޑީއިރަކުން ނޫނީ ހަތަރު ގަޑިއިރުން މަދުގެން އެއްގަޑީއިރުގެ ހުސްވަގުތުކޮޅެއް (މަސައްކަތު މާހައުލުގައި ވެސް) ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހުސްވަގުތު ނުނަގައި ހުއްޓުމެއްނެތި މަސައްކަތް ކުރާ ނަމަ "ސައިކޮލޮޖިކަލް ކޮންބަސްޓަން"ގެ ޙާލަތަށް އެމީހަކު ދިޔުމުގެ ފުރްސަތު ބޮޑުކަމަށާއި އަދި މިގޮތަށް މަސައްކަތު މާޙައުލު ކުރިޔަށްދާ ނަމަ ޖިސްމާނީ ބަލިތައް ޖެހުމުގެ ފުރްސަތު ވެސް ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

މަސައްކަތު މާހައުލުގައި
ކުޑަވަގުތުކޮޅަކަށް ނިދުމަކީ ވެސް ނަފްސާނީ އަދި
ޖިސްމާނީ ސިއްޙަތަށް ކޮންމެހެން
ބޭނުންކަމެއް ކަމަށް ޖަރުމަނުގެ ނަފްސާނީ ޑޮކްޓަރުން ހާމަކުރެ އެވެ. އަދި
މަސައްކަތުގެ މާހައުލުގައި ނަގާ ހުސްވަގުތު
ކޮޅުގައި މަސައްކަތާ ގުޅުންނެތް ކޮންމެ
ކަމެއްވެސް ކުރެވިދާނެ ކަމަށާއި މިގޮތުން ހުސްވަގުތު ކޮޅުގައި
އެކިމީހުން ހިތްހަމަޖެހޭނީ އެކި މަސައްކަތްކޮށްގެން ކަމަށް ވެސް
ޖަރުމަނުގެ ޑޮކްޓަރުން ބުނެ އެވެ. އަދި މަސައްކަތްކުރާ ކޮންމެ ދުވަހަކު ވެސް
އެއްވަގުތަކު (އެއްގަޑިއެއްގައި) ހުސްވަގުތުކޮޅު ނެގުން މުހިއްމު
ކަމަށާއި އަދި ހަފްތާއެއްގެ މަސައްކަތަށް ފަހު މަދުވެގެން އެއް ދުވަހު ނޫނީ ދޮޅު
ދުވަހު ޗުއްޓީ ދުވަހުގެ ގޮތުގައި ހޭދަކުރުން މުހިއްމު ކަމަށް ވެސް
ޖަރުމަނުގެ ޑޮކްޓަރުން ލަފާދީފައިވެ އެވެ.
((ޖަރުމަނުގެ
ނޫސްއެޖެންސީ)